ތިމަރަފުށިން ހައްޔަރުކުރި ދީނީ ހަރުކަށި ޖަމާޢަތުގެ މީހުންގެ ވަނަވަރު ހާމަ ކޮށްފި

ތިމަރަފުށިން ހައްޔަރުކުރި ދީނީ ހަރުކަށި ޖަމާޢަތުގެ މީހުންގެ ވަނަވަރު ހާމަ ކޮށްފިއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން، 2020 ނޮވެމްބަރު 11 ވަނަ ދުވަހު ތ. ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ތިމަރަފުށިން ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ 6 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި 2020 ނޮވެމްބަރު 27 ވަނަ ދުވަހު އިތުރު 2 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރު ކުރެވުނު މީހުންގެ ވަނަވަރު ހާމަކުރެވިފައިވާއިރު ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު މީހަކު އިސްލާމީ ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގައި ހަރަކާތްތެރިވަމުން ދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކުރެވުނު މީހުންނަކީ:
- އަބްދު ﷲ ޝަރީފް ތ.ތިމަރަފުށި/ ފެހިވިދުވަރުގެ
- އަޙްސަން މުހައްމަދު ތ.ތިމަރަފުށި/ އަސްރަފީވިލާ
- ޢަލީ މުނީޒް ތ.ތިމަރަފުށި/ ކެނެރީގެ
- މުޙައްމަދު ޢާސިރު ތ.ތިމަރަފުށި/ އަސުރުމާގެ
- ޢަލީ އަރުހަމް މުޙައްމަދު ރ.ކަނދޮޅުދޫ/ ފެހިވިލާ
- ޝަމާޙު ޝަރީފް ތ.ތިމަރަފުށި/ ސައިމާ
- ޢިބްރާޙިމް ލޫތު ތ.ތިމަރަފުށި/ ރޯޒްމީޑް
- އަބްދު ﷲ ޢިމާދު ރ.މަޑުއްވަރީ/ ބީޗްހައުސް އެވެ.
