ދުނިޔެ

ކޮވިޑް ޖެހިގެން 50000 ކުޑަކުދިން މަރުވެދާނެ ކަމުގެ ބިރު!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މެދުއިރުމައްޗާއި އުތުރު އެފްރިކާ އިން 50،000 އަށް ވުރެ ގިނަ ކުޑަކުދިން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދ ގެ ކުޑަދިންގެ ޖަމިއްޔާޔުނިސެފް އިން ބުނެފިއެވެ.

Ads by WAMCO

އެ ދެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސިއްހީ ނިޒާމު ވަނީ ނާޒުކު ހާލަތެއްގައި ކަމަށާއި އެ ދެ ސަރަހައްދުގައި ކުޑަކުދިން ކޮވިޑަށް ފައްސިވާ ނިސްބަތް މަދުވެފައިވީ ނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

މިކަން މިގޮތުގައި ކުރިއަށްދާނަމަ މިއަހަރު ނިމޭއިރު އެ ސަރަހައްދުން ފަސް އަހަރުން ދަށުގެ 50،000 އަށް ވުރެ ގިނަ ކުޑަކުދިން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މިކަން މިގޮތަށް މެދުވެރިނުވުމަށް ވެކްސިން ކެމްޕޭންތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރު އަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން ގިނަ މީހުން އެއްވާ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމާއި، ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަހަށް މިހާތަނަށް ވަނީ 8,066,839 މީހުން ޕޮޒިޓިވްވެ 437,296 މީހުން މަރުވެފަ އެވެ. މިހާތަނަށް ރަނގަޅުވެފައި ވަނީ 4,175,267 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!