ދުނިޔެ

ލޯބިވެރިޔާ ބޭވަފާތެރިވީ ކަން އެނގުމުން ދަތުރުކުރަމުންދިޔަ ފްލައިޓުގެ ކުޑަދޮރު ތަޅާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ލޯބިވެރިޔާ ބޭވަފާތެރިވީކަން އެނގުމުން 30،000 މީޓަރު ދަތުރުކުރަމުން ދިޔަ ފްލައިޓުގެ ކުޑަދޮރު ތަޅާލަން މަސައްކަތް ކޮށްފިއެވެ.

Ads by Sosun Fihaara

29 އަހަރުގެ ޗައިނާ އަންހެންމީހާ އޭނާ ދަތުރުކުރަމުން ދިޔަ އެއާބަސް ގެ ކުޑަދޮރު ތަޅާލަން މަސައްކަތް ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ރެނދެއްލާ ފްލައިޓުވަނީ އެމަޖެންސީ ގައި ލޭންޑުކޮށްފައެވެ.

މި ހާދިސާ ގެ ވީޑިއޯ މިހާރު މީސް މީޑިއާ ގައި ދައުރުވަމުން އަންނައިރު، ވީޑިއޯ އިން ފެންނަ ގޮތުގައި ފްލައިޓުގެ ކްރޫ އިން ރޯން އިންނަ އަންހެނަކު ހުއްޓުވަން މަސައްކަތް ކުރާތަން ފެނެއެވެ. އަދި އެމީހާގެ ރުއިން ކޮންޓްރޯލް ވެ ދެން ފެންނަނީ ފްލައިޓުގެ ކުޑަދޮރަށް ހަމަލާދޭތަނެވެ.

ޕޮލިސް ސްޓޭޓްމަންޓުގައި ވާ ގޮތުން މި އަންހެންމީހާ ދަތުރުކުރަމުން ދިޔައީ ޗައިނާ ގެ ޒިނިން އިން ޗައިނާ ގެ ޔަންޗެން އަށެވެ. މި އަންހެން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!