ޚަބަރު

މާސްކު ނާޅާ ބޭރުތެރޭގައި އުޅޭނަމަ، އިތުރު އެންގުމަކާ ނުލާ ޖޫރިމަނާ ކުރެވޭނެ: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންްޓްރޯލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، މާލެ ސަރަޙައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލެ) ބޭރުތެރޭގައި އުޅޭއިރު މާސްކު ނާޅާ އުޅޭނަމަ، އިތުރު އެންގުމަކާ ނުލާ ޖޫރިމަނާ ކުރެވޭނެ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދުގައި ރޭގަނޑެ 00:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުމަކީ މަނާ ކަމެއް ކަމަށާއި މިކަން ތަންފީޒު ކުރުމަށް ފުލުހުން ޚާއްސަ ކަންތައްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ބޭރުތެރޭގައި އުޅޭއިރު މާސްކު ނާޅާ އުޅޭނަމަ އިތުރު އެންގުމަކާ ނުލާ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ މާލެ ސަރަޙައްދުގައި އުޅޭއިރު މާސްކު ނާޅާ އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މިފަހަރުވެސް ޖޫރިމަނާ ކުރަނީ އެއަދަދުންތޯ އޮޅުން ފިލުވާލަން މަސައްކަތް ކުރުމުން، ފުލުހުންގެ ފަރާތުން އަދި އެކަމަށް ވަކި ޖަވާބެއް ނުލިބެއެވެ.

¤ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ ގެ ފަރާތުން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް:

▪️ މާލެ ސަރަހައްދުގައި:
⭕️ ޕާޓީތަކާއި، ހަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

⭕️ ކާރފިއު: ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް (27 ޖަނަވަރީ 2021 ވަނަ ދުވަހުގެ ރޭ އިން ފެށިގެން)

▪️ މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުން.

▪️ 29 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!