ދުނިޔެ

އަލްޙަމްދުލިﷲ! ކޮވިޑް19 އަށް ފަރުވާ ދެވޭ ބޭހެއް ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

އެތައް ލައްކަ ބަޔަކު އެ ބައްޔެއްގައި މަރުވެފައިވާ ކޮވިޑް19 އަށް ފަރުވާ ކުރެވޭ ބޭހެއް އިނގިރޭސިވިލާތުގެ ސައިންޓިސްޓުން ހޯދައިފިއެވެ.

Ads by Sosun Fihaara

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ”ޑެކްސަމެތަސޯން“ ނަމަކަށް ކިޔޭ މި ބޭހުން ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީވެދެއެވެ.

ސައިންސްވެރިން ވަނީ މި ބޭހަކީ ކޮވިޑް19 އަށް ފަރުވާ ހޯދުމަށް ކުރަމުން އައި މަސައްކަތުގެ ތެރެއިން މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ގެ ގޮތުގައި ސިފަކޮށްފައެވެ. މި ބޭހުގެ ކުޑަ ޑޯޒް އަކުން ބޭހުގެ އަސަރު ފެންނަ ކަން ސައިންސްވެރިން ފާހަގަކޮށްފައިވާއިރު ކުރިން މި ބޭސް ދެނެގަނެވުނު ނަމަ އިނގިރޭސިވިލާތުގައި 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީސް ކަމުގައި އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ބީބީސީ އަށް މައުލޫމާތު ދެމުން މި ބޭސް ދެނެގަތުމުގެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ މާޓިން ލެންޑްރައޭ ބުނެފައިވާ ގޮތުގައި މި ބޭހަކީ އާންމުކޮށް ބޭސް ފިހާރަތަކުގައި ވަރަށް އަގުހެޔޮކޮށް ލިބެން ހުންނަ ބޭހެކެވެ. އެގޮތުން އިނގިރޭސިވިލާތުގައި މި ބޭސް 5 ޕައުންޑަށް ލިބެން ހުންނައިރު ބައެއް އޭޝިއާ ގެ ގައުމުތަކުގައި މި ބޭސް 1 ޑޮލަރަށް ލިބެން ހުންނަ ކަން އޭނާ ވަނީ ފާޙަގަކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނައިރު މި ބައްޔަށް ހާއްސަ ބޭހެއް އަދި ވެކްސިނެއް އަދި މިހާތަނަށް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ގިނަ ވެކްސިން ތަކެއްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!