ދުނިޔެ

ކޮވިޑް-19: އިންޑިއާއިން ދުވާލަކަށް 2000 މަރު، ބަލި އަދިވެސް ދަނީ ފެތުރެމުން!

ދެން އެމްވީ ، ދެން އޮންލައިން

ނިއުދިއްލީ: އަވަށްޓެރި އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، 24 ގަޑިއިރު ތެރޭގައި 2000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 11،000 އަށް އަރާފައިވާއިރު 2003 މީހުން މިމުއްދަތުގައި ބަލިޖެހިގެން މިއަދު މަރުވެއްޖެ ކަމަށް ވެސް ރިކޯޑު ކުރެވިފައިވެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއާރ ގެ ޑޭޓާއިން ދައްކާ ގޮތުގައި، މިހާރު އެޤައުމުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 3.54 ލައްކައަށް އަރާފައިވެއެވެ. މިއަދަދާއެކު އިންޑިއާ ވެފައިވަނީ ކޮވިޑް-19 އެންމެ ގަދަޔަށް ޖެހުނު ހަތަރު ވަނަ ޤައުމަށެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއީ ކޮންމެ ދުވަހަކު 10،000 އަށްވުރެ ގިނަ މީހުން އިންޑިއާއިން މިބައްޔަށް ފައްސިވީތާ ހަވަނަ ދުވަހެވެ. އަދި މިއާއެކު މިއަދަކީ މިބަލީގައި އިންޑިއާއިން އެންމެ ގިނަ މީހުން މަރުވެސްވީ ދުވަހެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އަރާފައިވަނީ 11903 އަކަށެވެ.

ގިނަ އަދަދެއްގެ މީހުން މިބަލީގައި އެޤައުމުން މަރުވެފައިވީ ނަމަވެސް، ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް ގިނަކަން އެޤައުމުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން 155227 މީހުންނަށް މިހާރުވެސް ކޮވިޑް އަށް ފަރުވާ ދެމުން އަންނައިރު، 186934 މީހުން އިންޑިއާއިން ވަނީ މިބަލިން ފަރުވާލިބި، ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!