ދުނިޔެ

ކޮވިޑް-19: ހުރިހާ ސްކޫލެއް ބަންދުކޮށް، ބީޖިންގ "އެލާޓް ލެވެލް 2" އަށް ތައްޔާރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ބީޖިންގ ގައި އަނެއްކާވެސް ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅިގެން، ސްކޫލްތައް ބަންދުކޮށް އެލާޓް ލެވެލް 2 އަށްދާން އެޤައުމުން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

ބީޖިންގގެ ހުރިހާ ސްކޫލަކާއި ޔުނިވާސިޓީއެއް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމަށް އަމުރުކޮށްފައި މިވަނީ، ޗައިނާގައި އަނެއްކާވެސް ކޮވިޑް-19 ފެތުރި، މަދު ދުވަސްކޮޅެއްގެ ތެރޭގައި 106 މީހަކު އެސިޓީން މިބައްޔަށް ފައްސި ވެފައިވުމުންނެވެ.

ޗައިނާގައި އަނެއްކާގައު އަނެއްކާވެސް ކޮވިޑް ފެތުރުނު ގޮތް ތަހުގީގު ކުރަމުންދިޔައިރު، އެނގިފައިވަނީ އެބަލި ފެތުރުނީ ސާފުޠާހިރުކަން ކުޑަވުމުންނާއި އެކަކު އަނެކަކާއި މާބޮޑަށް މަސްހުނިވެ އުޅުމުން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޗައިނާ ސަރުކާރުން ބުނެފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ވެސް 27 މީހެއްގެ ގައިން މިބަލީގެ އަލާމާތްތައް ފެނި، ކޮވިޑް އަށް ޓެސްޓު ކޮށްފައިވެއެވެ. އެއެންމެންނަކީ ވެސް ސާފުޠާހިރުކަން ކުޑަ މާރުކޭޓުތަކަކަށް ދިޔަ ބައެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސް ބީޖިންގްގެ ސެންޓަރ ފޮ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން އެޤައުމުގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމާރުކޭޓުތަކަކީ ޔޫރަޕުގެ އެކި ޤައުމުތަކުން ހިންގާ މާރުކޭޓުތަކެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!