އިންކަމް ސަޕޯޓުގެ ގޮތުގައި 264 މިލިއަން ރުފިޔާ ދޫކޮށްފި

ވަޒީފާއަށް އަސަރުކޮށް އަދި ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި ދޫކުރި ރުފިޔާގެ އަދަދު 262 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 17,710 މީހަކަށް 264 މިލިއަން ރުފިޔާ ވަނީ ދީފައެވެ.
ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ "އިންކަމް ސަޕޯޓް"، އާމްދަނީއާ ގުޅޭ އެހީތެރިކަމުގެ އެލަވަންސް ތައާރަފު ކުރެވިފައި ވަނީ މިގޮތުން އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށެވެ.
މި އެލަވަންސް ފޯރު ކޮށްދެނީ ދިހަ މަހުގެ މުއްދަތަކަށް (އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް) ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ.
ތި އެލަވަންސް ލިބޭނީ ކިހިނެއް ހަދައިގެން