ޚަބަރު

މާފަރު އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރް ލެބްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނ. މާފަރު އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރު ލެބުގެ ޚިދުމަތްތައް މެދުކަނޑާލާ، ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާފަރު އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރް ލެބުގެ ޚިދުމަތްތައް މެދުކަނޑާލީ އެތަނުގެ މެނޭޖްމަންޓު ބަދަލުވުމުން ކަމަށެވެ.

"މެނޭޖްމަންޓު ބަދަލުވާއިރު ޚިދުމަތްތައް މެދުކެނޑޭނެ ވަގުތީ ގޮތުން. މާފަރު އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރް ލެބް ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ އެތަނުގެ އެސެސްމެންޓު ހަދާފަ، ބައެއް ކަންކަން ރަނގަޅު ކުރަން އަންގާފަ" އޮފިޝަލު ވިދާޅުވިއެވެ.

އެޗްޕީއޭ ގެ އޮފިޝަލު ވިދާޅުވީ ރަނގަޅު ކުރަން އެންގި ކަންތައްތައް ރަނގަޅު ކުރުމުން އެލެބްގެ ޚިދުމަތްތައް އަނެއްކާވެސް ދޭން ފަށާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ވަރަށް ރަނގަޅަށް ގޮސް ވެސް، ގިނަ ދުވަސްވާ ވަރަކަށްް ޕްރޮސެސް ޑީވިއޭޝަން އެބަހުރޭ. އެހެންވެ އެގޮތަށް ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންގެ އެސެސްމެންޓުން ފާހަގަވެގެން އެކަންތައް ރަނގަޅު ކުރުމުގެ ކަންތައް ކުރިއަށް ދަނީ،" އެޗްޕީއޭ އިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!