ދުނިޔެ

މަންމަ މަރުވުމުން 10 އަހަރު ވަންދެން މަންމަގެ ހަށިގަނޑު ފޮރުވައިގެން އުޅުނު އަންހެނެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެއަށް ތިމާ އައުމުގެ އަސްލަކީ ތިމާގެ މައިމީހާއެވެ. 9 މަހާ 9 ދުވަސް ވަންދެން އެތައް ވޭނަކާއި އެތައް ތަކުލީފުތަކެއް އުފުލި ހިތްވަރުގަދަ މަންމައެވެ. ވީއިރު އެ ފަކީރު ތިބާއަށް ވީ ކޮންމެ ޤުރުބާނީއަކީ އޭގެ އަގު ވަޒަން ނުކުރެވޭހާ ވެސް މާތް އަދި އެހާމެ ބުރަ މަސައްކަތެކެވެ.

Ads by Sosun Fihaara

މިއީ ޖަޕާނު އަންހެނެއް ވަނީ އޭނާގެ މަންމަ މަރުވުމުން 10 އަހަރު ވަންދެން ހަށިގަނޑު ފޮރުވައިގެން ގެންގުޅެފައެވެ.

އުމުރުން 48 އަހަރުގެ އަންހެނެއް ކަމަށްވާ “ޔޫމީ ޔޮޝިނޯ” ވަނީ އެކަމަށް އަމިއްލައަށް އިއުތިރާފު ވެފައެވެ. އަދި މަންމަ މަރުވުމުން 10 އަހަރުވަންދެން މަންމަ ގެންގުޅުނީ ފުރިޖަށް ލައިގެން ކަމުގައި ވެސް އޭނާ ބުނެފައިވާ ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓު ކޮށްފައިވެއެވެ.

10 އަހަރުވަންދެން މައިމީހާ ގެ ފުރާނަނެތް މަސްގަނޑު ފޮރުވައިގެން ގެންގުޅުނީ، އެގެއަށް ދައްކަން ޖެހޭ ކުލި ނުދެއްކި އެގެއިން އޭނާ ނުކުތުމަށް އަމުރުކުރުމުން ކަމަށާއި، އެގެއަކީ އޭނާގެ ލޯބިވާ މަންމައާއެކު އެތައް ވަގުތުތަކެއް ހޭދަކުރި ގެއެއް ކަމަށާއި އެގޭގައި އެތައް ހަނދާންތަކެއް ފޮރުވިފައިވާތީ ކަމުގައި ވެސް ޔޫމީ ވަނީ އެގައުމުގެ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ފުލުހުން މި މައްސަލަ ތަހުގީހު ކުރަމުން އަންނަ އިރު، ޔޫމީގެ މަންމަ މަރުވި އިރު އޭނާ މަންމަގެ އުމުރަކީ 60 އަހަރު ކަމުގައި ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ގޭތެރެ ސާފުކޮށް ގޭތެރޭގެ މަސައްކަތް ކުރާ އަންހެނަކަށް އެ ހަށިގަނޑު ފެނުމާއެކު ފުލުހުން ވަނީ “އޮޓޯޕްސީ” ހެދުމަށް އެ ހަށިގަނޑު ފޮނުވާލައިފައެވެ. އެހެންނަމަވެސް އެމީހާ މަރުވި ސީދާ ދުވަހާއި ވަގުތުގެ އިތުރުން މަރުވާން ދިމާވީ ސަބަބަކީ ކޮބައި ކަމެއް އެނގިފައި ނުވާކަމުގައި ރިޕޯޓުތަކުން މައުލޫމާތުދެއެވެ.

ޔޫމީގެ މަންމަގެ ހަށިގަނޑު އެގެއިން ފެނިފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އަދި މި މައްސަލަ އެގައުމުގެ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!