އުފާވެރި ޚަބަރެއް! ކަސްރަތުނުކޮށް ވެސް ބަނޑު ހިންދައިލެވިދާނެ!

ބަނޑު ހިންދަން ބޭނުންނަމަ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ މީހާގެ ހަށިގަނޑު ސީދަލަށް ބެހެއްޓުމެވެ. ހިނގާއިރު ވިޔަސް އަދި އިށީނދެ އިންނައިރު ވެސް މީހާގެ ހަށިގަނޑު ސީދާކޮށް ބެހެއްޓުމަކީ ބަނޑު ހިންދައިލުމަށް ލިބިގެންދާނެ އެހީއެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޓީވީ ސީރީސް “ޔޫއެސް ދަ ބިގެސްޓް ލޫސަރ” ޝޯވގައި މަސައްކަތްކުރާ އެމެރިކާގެ ޓްރެއިނަރެއްކަމުގައިވާ ކިމް ލިއޯން އޭނާ ބުނެފައި ވަނީ ސީދަލަށް އަބަދުވެސް ހަށިގަނޑު ބަހައްޓަން މަސައްކަތްކުރާ މީހާގެ ބަނޑުގެ ލޮކިމަސްތައް އޮޓޮމެޓިކުން ދާނެކަމުގައެވެ. އަދި އެފަދަ މީހަކަށް އެ ކުރެވެނީ ވަރަށް ބޮޑު ކަސްރަތެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ގިނައިން ދިޔާ އެއްޗެހި އަދި ވަކިން ހާއްސަކޮށް ފެން ބޯށެވެ. ސިއްހީ މާހިރުން އެއްބަސްވެ ވަޑައިގަންނަވާގޮތުގައި ގިނައިން ފެން ބުއިމަކީ ހަށިގަނޑަށް ހުރިހާ ގޮތަކުން ވެސް ރަނގަޅުވާނެ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ހިކެން ބޭނުންވާ މީހުންނާއި، ބަނޑު ހިންދަން ބޭނުންވާ މީހުންނަށް ފެނަކީ މުހިއްމު އެއްޗެކެވެ.
ހަމައެހެންމެ ކެއުމުގައި ގިނައިން މޭވާއާއި ތަރުކާރީ ހިމަނާށެވެ. މޭވާ ކެއުމުގައި އެންމެ ރަނގަޅު ގޮތަކީ ކަރާ ފަދަ ގިނައިން ފެން އެކުލެވޭ މޭވާ ކެއުމެވެ. އަދި ހެނދުނު ސައިގެ ބަދަލުގައި ލޯފެޓް އެކުލެވޭ ކިރު ތައްޓެއް ކޯންފްލެކްސް ފަދަ އެއްޗަކާ އެކު ބޯލާށެވެ. ފެޓްސްއާއި، ސަރުބީ އެކުލެވޭ ޒާތްޒާތުގެ ކާނާ ކެއުން ވީހާ ވެސް މަދުކޮށްލާށެވެ.





.webp)

ކޮމެންޓް