އިންޓަނެޓު މެދުވެރިކޮށް ދަރިވަރަކަށް ގަނާކުރި މައްސަލައެއްގެ ތަޙްޤީޤު ފަށައިފި
ސެންޓްރަލް ޕޮލިސް ސަރަހައްދުގެ ރަށެއްގައި، އިންޓަނެޓު މެދުވެރިކޮށް ދަރިވަރަކަށް ގަނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓު މެދުވެރިކޮށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައަކީ އިންޓަނެޓު މެދުވެރިކޮށް ދަރިވަރުންތަކެއް ގަނާކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި، އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި މައްސަލަ ހިނގި ރަށުގެ ނަމާއި ތަފުސީލު ފުލުހުން އާންމެއް ނުކުރެއެވެ. ދަރިވަރުންގެ މެދުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ގަނާކުރުން ނުވަތަ "ސައިބަރ ބުލީން" އިތުރުވަމުން ދިއުމަކީ މިހާރު ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.





ކޮމެންޓް