Wednesday, 11 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފަޅެއްގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، މީހަކު ފިހިގެން ފަރުވާދެނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަން ފިހިގެން ފަރުވާ ދޭންފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު 2026 ނޮވެމްބަރ 10ވަނަ ދުވަހުގެ ފަތިހު 05:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށާއި މި ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ކަރާއި މޭމަތި ވަނީ ފިހިފައިވާ ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. ރޯވި އަލިފާނުގެ ސަބަބުން ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.