Wednesday, 11 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެލްޖީއޭގެ ބޯޑުގެ މަދަނީ ޖަމިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ފޮޓޯ: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)
ފޮޓޯ: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށެވެ. އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، އެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ 18 ނޮވެންބަރު 2026ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30އިން މެންދުރު 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެލްޖީއޭއަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ މުހިންމު ޒިންމާ އަދާކުރާ އިދާރާއެވެ. އެ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ ސަރުކާރާއި މަދަނީ ޖަމިއްޔާތައް އެކަށީގެންވާ ގޮތެއްގައި ތަމްސީލުވާ ފަދަ އޮނިގަނޑެއްގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.