Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބިލެތްދޫން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ބިލެތްދޫން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ފ.ބިލެތްދޫން ކޮވިޑް-19އަަށް މީހަކު ފައްސި ވެއްޖެއެވެ.

“ދެން”އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އިހުސާން ވިދާޅުވީ ފައްސި ވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި 29 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާއާ އިތުރު މީހަކާ ކޮންޓެކްޓް ވެފައި ނުވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ އެޒުވާނާ ކޮވިޑް-19އަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ކަމަށާއި ހާލު ދެރަވެގެން އޭނާ ވަނީ އިއްޔެ ސިއްހީ މަރުކަޒަށް ވެސް ގެންގޮސްފައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އިހްސާން ވިދާޅުވީ އޭނާގެ ހާލު ދެރަ ކަމަށާއި އޭނާ ހުޅުމާލެ ފެސިލިޓީއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްތަކުން ވެސް މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތަން ފެންނަ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް