ލައިފްސްޓައިލް

ތަރިތައް ފެންނަނީ އަނދިރިވުމުން ،ހެޔޮ އެދޭ އެކުވެރިން ފެންނާނީ ހަޔާތް އަނދިރިވާ ވަގުތު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެކުވެރިންނަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް މުހިންމު ބައެކެވެ. އަދި ހެޔޮ އެދޭ އެކުވެރިއަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ޖަވާހިރުތަކެއް ފަދަ ބައެކެވެ. އެހެންކަމުން އެކުވެރިންނާއި ހެޔޮއެދޭ އެކުވެރިން ދެނެގަތުމަކީ ރޭގަނޑު ތަރިތައް ފެންނަ އުސޫލުން ވާ ކަމެކެވެ.

Ads by Hajj Corporation

އާދޭހެވެ. ތަރިތަކަކީ ދުވާލު ގަޑީގައި އުޑުން ފެންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ކައުނު އަނދިރިވެ ރޭގަނޑުގެ އަނދިރިކަމުން މުޅި ކައުނު ފުރާލެވޭ ވަގުތު ވިދާ ތަރިތައް ފެނެއެވެ. ހަމަ އެބީދައިން ތިމާގެ އެކުވެރިން ތެރެއިން ވެސް ހެޔޮ އެދޭ އެކުވެރިއެއް ނުވަތަ އެކުވެރިން ތިބާގެ ހަޔާތް ބަނަވެ އަނދިރި ވާހިނދު ތިބާގެ އެންމެ ގާތުގައި ވާނެއެވެ.

އެއީ ތިބާއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައި ތިބާ ގާތުގައި ނެތް ނަމަވެސް އެންމެ ކުޑަމިނުން ތިބާގެ ޙާލުއަހުވާލު ބަލާ ގާތް އެކުވެރިންނެވެ. ކުރާނެ ކަމެއް ނެތި، ފޫހިވުމުން ދެން ތިބާ ގާތަށް އަންނަނީ އެކުވެރިންނެއް ނޫނެވެ. އެއީ ތިބާގެ ފަރާތުން ކޮންމެ ވެސް ފައިދާއެއް ނަގަން ބޭނުންވާ މީހުންނެވެ.

ތިބާއަށް ހެޔޮ އެދޭ ރަޙުމަތްތެރިންނަކީ އެހެންމީހުން ކުރިމަތީގައި ތިބާގެ ޤަދަރު ހިފަހައްޓާ މީހުންނެވެ. އެހެންމީހުންނާއި އެކު އުޅުނު ނަމަވެސް ތިބާ ބާކީ ނުކޮށް ވޭތޯ މަސައްކަތް ކުރާ މިތުރުންނެވެ. ނަމަކަށް “ބެސްޓްފްރެންޑް” ކީ ނަމަވެސް ޢަމަލުން އެކަން ނުދައްކަންޏާ އެއީ ދެއްކުންތެރިކަމޭ ވެސް ބުނެވިދާނެއެވެ.

އޭ އެކުވެރިންނޭވެ. ހެޔޮ އެދޭ ރަނގަޅު އެކުވެރިންނަކީ ހަމަ ހަގީގަތުގައި ވެސް ތަރިތަކެއް ފަދަ ބައެކެވެ. އެމީހުން އެންމެ ބޭނުންވާ ވަގުތު ވެސް ތިބާއާއެކު ވާނެއެވެ. އަނދިރި ދުވަސްތައް އުޖާލާ ކުރުމުގައި އެމީހުންގެ ރޯލު ވަރަށް ވެސް ބޮޑެވެ. އެމީހުންނަކީ ހޯދަން އުނދަގޫ ޖަވާހިރު ތަކެއް ފަދަ ބައެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!