Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައްޑޫ ކްލަސްޓާ: ހިތަދޫން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫ ކްލަސްޓާ: ހިތަދޫން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ފައްސިވެފައި ވަނީ އިއްޔެ ހިތަދޫން ފައްސިވީ ދެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ.

މީގެކުރިން ހިތަދޫ ކްލަސްޓާއިން ފައްސިވީ ތިން ފިރިހެނުންނެވެ. ނަމަވެސް މިފަހަރު ފައްސި ވެފައިވަނީ އަންހެނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ހިތަދޫން އިއްޔެ ފުރަތަމަ ފައްސިވީ ކަރަންޓީންގައި ނެތް ދެ މީހެކެވެ. އެ މީހުން ފައްސިކަން އެނގުނީ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެއާޕޯޓުގައި މަސައްކަތް ކުރާ އެ ދެމީހުން ފައްސިވުމާ ގުޅިގެން މިހާރު އެ ސިޓީއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އައްޑޫސިޓީ ގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ހާއްސަ ހުއްދައިގެން ދަށުން މާލެ ފުރައިގެން އައްޑޫ އަށް ދިޔަ މީހެއްގެ ފަރާތުން ކަމަށް ގަބޫލު ކުރެވޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް