Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫ ކްލަސްޓާ: ހިތަދޫން އިތުރު ދެ މީހުން ފައްސިވެއްޖެ

އައްޑޫ ކްލަސްޓާ: ހިތަދޫން އިތުރު ދެ މީހުން ފައްސިވެއްޖެ

އައްޑޫ ސިޓީ ހިތަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެއާއެކު ހިތަދޫ ކްލަސްޓާއިން ފައްސިވި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. އެއީ ސ. ހިތަދޫން ފައްސިވި ފަސް މީހުންނާއި ސ. ފޭދޫން ފައްސިވި އެކަކާއި ގދ. ތިނަދޫ އިން ފައްސިވި އެކަކެވެ.

މި ކްލަސްޓަރގައި ހިތަދޫން އިއްޔެ ފުރަތަމަ ފައްސިވީ ކަރަންޓީންގައި ނެތް ދެ މީހެކެވެ. އެ މީހުން ފައްސިކަން އެނގުނީ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެއާޕޯޓުގައި މަސައްކަތް ކުރާ އެ ދެމީހުން ފައްސިވުމާ ގުޅިގެން މިހާރު އެ ސިޓީއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

އައްޑޫސިޓީ ގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ހާއްސަ ހުއްދައިގެން ދަށުން މާލެ ފުރައިގެން އައްޑޫ އަށް އައި މީހެއްގެ ފަރާތުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް