Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފާރު ދަށުވި ކުއްޖާއަށް ލޭ ބޭނުންވޭ، އެހީތެރިވެދެއްވާ!

ފާރު ދަށުވި ކުއްޖާއަށް ލޭ ބޭނުންވޭ، އެހީތެރިވެދެއްވާ!

ގދ. ގައްދޫން ދަތުރު ގޮސް އުޅެނިކޮށް ގެއެއްގެ ބިތަކާއި ސީލިންގު ވެއްޓި އަނިޔާ ލިބުނު 17 އަހަރުގެ ފިރުޝާން އަށް ގިނަ އަދަދެއްގެ ލޭ ބޭނުންވާތީ އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެެއެވެ.

ފިރުޝާންގެ އާއިލާގެ މެންބަރަކު ޑޮކްޓަރުންނާ ހަވާލާދީ ބުނީ ވީހާވެސް ގިނަ އަދަދެއްގެ ލޭ ހޯދާފައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ލޭ ފިރުޝާންގެ ގަޔަށް އަޅާފައިވާ ކަމަށާއި ނަމަވެސް ފިރުޝާންގެ ހާލު އެއްވެސް ގޮތަކަށް އަދި ރަނގަޅު ނުވާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 17 އަހަރުގެ ފިރުޝާންއަށް މިވަގުތު ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

Advertisement
Allied Insurance — Square (box)

ފިރުޝާންއަށް ބޭނުންވަނީ އޯ ޕޮސިޓިވް ލެއެވެ. އެހެންކަމުން، އޯ ޕޮސިޓިވް ލޭ ހަދިޔާ ކޮށްދެވޭނޭ ފަރާތްތަކުން 7442857 އަށް ގުޅުއްވާ ކުރިއަށް ގެންދެވުމަށް އާއިލާއިން އެދެއެވެ. އަދި މިހާރު ވެސް އާންމުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ފިރުޝާންގެ އާއިލާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް