Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮންޓްރެކްޓް މަސައްކަތަށް ދިވެހި ޒުވާނުން ފުރުސަތުދީ ޒުވާނުންނަށް ވާނެކަން ސްޓެލްކޯއިން ދައްކައިފި

ކޮންޓްރެކްޓް މަސައްކަތަށް ދިވެހި ޒުވާނުން ފުރުސަތުދީ ޒުވާނުންނަށް ވާނެކަން ސްޓެލްކޯއިން ދައްކައިފި

ކޮންޓްރެކްޓް މަސައްކަތަށް ދިވެހި ޒުވާނުން ފުރުސަތުދީ ޒުވާނުން ފުރިހަމަ ކަމާއެކު މަސައްކަތް ކުރަމުން ދާތަން ފެނުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި އުފަލެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ސްޓެލްކޯއިން މިއަފު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ކޮންޓެރެކްޓް މަސައްކަތް ކުރުމަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވާލައި ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބެޗް މަސައްކަތުގައި ބިދޭސީންގެ ބަދަލުގައި ދިވެހިން މިފަދަ މަސައްކަތްތަކަށް ޝައުގުވެރިވެ، ‏ފަރުވާތެރިކަމާއި، ފުރިހަމަކަމާއެކު އެމަސައްކަތްތައް ކުރަމުން ގެންދާ ތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. 

https://twitter.com/stelcomaldives/status/1358327238177943552?s=21 ސްޓެލްކޯއިން ރާއްޖޭގެ އެެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫތަކުގައި މަސައްކަތްކުރުމަށް ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރަން ބޭނުންވާ ދިވެެހިން ހޯދުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 48 އަހަރުގެ އަސާސީ ފެންވަރުގެ ތައުލީމް ހުރި ފަރާތްތަކަށް އެކަންޏެވެ. މިހާރު ފެެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވުމާއެކު ސްޓެލްކޯއިން ވިދާޅުވީ މި މަޝްރޫތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ދަނޑިވަޅުގައި ދިވެހިންނަށް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް