Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޔޫޓިޔުބުގައި މަޝްހޫރު ކްރިސްޓިއަން ބެޓްޒްމަން އިސްލާމްދީން ގަބޫލުކޮށްފި

ޔޫޓިޔުބުގައި މަޝްހޫރު ކްރިސްޓިއަން ބެޓްޒްމަން އިސްލާމްދީން ގަބޫލުކޮށްފި

ޔޫޓިޔުބުގައި މަޝްހޫރު ތަރި ، ޖަރުމަނުގެ ކްރިސްޓިއަން ބެޓްސްމަން އިސްލާމްދީން ގަބޫލުކޮށްފިއެވެ.

ބެޓްސްމަން އިސްލާމްދީން ގަބޫލުކުރި ޚަބަރު މީގެ ދެ ދުވަސްކުރީން އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. ހަމައެހެންމެ އޭނާ އިސްލާމްދީން ގަބޫލުކޮށް ޝަހާދަތް ކިޔާ ވީޑިއޯ ވެސް ވަނީ އާންމުކޮށްފައެވެ.

މުސްލިމަކަށްވުމާ ގުޅިގެން އޭނާ ކުރި ޕޯސްޓްގައި ބުނެފައި ވަނީ ޔޫރަޕްގައި އުފަންވެ ބޮޑުވުމަކީ އިސްލާމްދީނާމެދު ނައްސިކަން ސިކުނޑީގައި އާލާވާ ކަމެއް ކަމަށާއި ނަމަވެސް އޭނާ ޕާކިސްތާނުގައި ހޭދަކުރި އަހަރެއްހާ ދުވަހު އެ ވިސްނުން ބަދަލުވެ އިސްލާމްދީންގެ ރީތިކަން ފެނިފައިވާ ކަމަށެވެ. އަދި ﷲގެ އަމުރުތަކަށް ތަބާވެ ރޫޙު ދިރުވާ އެކަމުގެ ފޮނި މީރުކަން ލިބެން ބޭނުންވާ ކަމަށް ވެސް ބެޓްސްމަން ބުނެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

ބެޓްސްމަން އިސްލާމްވެފައި ވަނީ މިއާމީ އިސްލާމިކް ސުކޫލުގައެވެ. އެ މަރުކަޒުން ވަނީ އިސްލާމްވި ކަމުގެ ލިޔުމެއް ވެސް ބެޓްސްމަންއަށް ދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް