Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫގެ ރެސްޓޯރެންޓްތައް ބަންދުކޮށްފި

އައްޑޫގެ ރެސްޓޯރެންޓްތައް ބަންދުކޮށްފި
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގެ ރެސްޓޯރެންޓްތައް ބަންދު ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން އިއުލާން ކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައެވެ. އެ ކައުންސިލުން ކުރި އިިއުލާނެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މިއަދު ހަވީރު 16:00 އިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެ އިއުލާނުގައި ބަޔާންކޮށްފައި ވަނީ:
  • އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ/ ޑެލިވަރީގެ ޚިދުމަތް ފިޔަވައި އާއްމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލުން. ޓޭކްއަވޭގެ/ ޑެލިވަރީގެ ޚިދުމަތް ދެމުންގެންދާއިރު ނަގުދު ފައިސާ ބޭނުން ނުކުރުމަށާއި ތަނުގެ މުވައްޒަފުން އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލު ކުރަމުން ގެންދޭތޯ ކަށަވަރު ކުރުން.
  • އައްޑޫ ސިޓީގައި ގާޑިޔާތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުން ހުއްޓާލުން.
  • ކޮވިޑް19 އާ ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
  • އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުން.
ކައުންސިލުން ވިދާޅުވީ މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް