Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭކާރު ގޮތުގައި އިންޓަނެޓު ބޭނުން ނުކުރުމަށް މަލީހު ގޮވާލައިފި

ބޭކާރު ގޮތުގައި އިންޓަނެޓު ބޭނުން ނުކުރުމަށް މަލީހު ގޮވާލައިފި

ބޭކާރު ގޮތުގައި އިންޓަނެޓުގެ ހިދުމަތް ބޭނުން ނުކުރުމަށް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ "ސޭފަރ އިންޓަނެޓް ޑޭ 2021″ އާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު މަލީހު ވިދާޅުވީ އިންޓަރނެޓަކީ އިންސާނިއްޔަތަށް ލިބުނު އެއް ނިޢުމަތްކަން ހަނދާންކުރަން ޖެހޭ ކަމަށެވެ.

އަދި އިންޓަނެޓުގެ ބޭނުން ބިނާ ކުރުވަނިވި ގޮތްގޮތަށް ބޭނުން ކުރަން ޖެހޭ ކަން ފާހަގަކުރައްވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

Advertisement
Ooredoo — Square (box)

"އިންޓަނެޓް ޒިންމާދާރުގޮތުގައި ބޭނުންކުރުމަށް ކުދިންނަށް ކިޔައިދޭން ޖެހޭ. އޭރުން މުސްތަޤްބަލް އުޖާލާ ވާނީ، މިއީ ޤައުމު ބިނާ ކުރުމުގައި ވެސް މުހިންމު ވަސީލަތެއް. ކުދިން ޤައުމަށް މުހިންމު ދާއިރާތަކުން ކުރިއަރައިގެން ދިއުމަށް އެހީއެއް." މަލީހު ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރު ވަނީ ބޭކާރު ކަންކަމުގައި އިންޓަނެޓްގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ކުރިއަރައިގެން ދާން ބޭނުންވާ ރޮނގުތަކުން މަޢުލޫމާތު މުއްސަނދިކޮށް، ޤައުމަށް ފައިދާކުރާނެ ގޮތްތަކަށް ބޭނުން ހިފުމަށް ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް