ފުވައްމުލަކުން ކޮވިޑަށް ދެ މީހަކު ފައްސިވެ، ކޮމިއުނިޓީ ސްޕްރެޑަކާ ދިމާލަށް

ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ އެ ސިޓީގައި ކޮވިޑް-19 ރޯގާ ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ވީ އާދިއްތަ ދުވަހު ނެގުނު ރެމްޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. މިއާއެކު އެ ސިޓީވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.
ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށްވާތީ، ފުވައްމުލަކު ސިޓީގައި 'ކޮމިއުނިޓީ ސްޕްރެޑެއް' އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.







ކޮމެންޓް