އައްޑޫގައި ކޮވިޑް ފެތުރެނީ ސަރުކާރުގެ އިހުމާލުން: އިދިކޮޅު

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ފިޔަވާ ރާއްޖޭގެ އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީއިން ކޮވިޑް-19 ކޭސްތައް ފެނި އެ ސިޓީގައި ކޮވިޑް ބަލި ފެތުރިގެން ދިޔުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އަދި އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކެއް ފެންނަން ފަށާފައިވަނީ ބަލަންވާވަރަށް ނުބަލާ، އެ ސިޓީއަށް ސަރުކާރުގެ ބަޔަކު ދަތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ދިން ޚާއްޞަ ހުއްދައިގެ ދަށުން އެސިޓީއަށް ޒިޔާރަތް ކުރި ބައެއްގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، އައްޑޫ ސިޓީ ނޫނަސް ރާއްޖެގެ ކަންކޮޅުތަކަށް މިފަދަ ދަތުރުތައް ސިޔާސީ ބޭފުޅުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫސިޓީގެ އިތުރުން ހުވަދޫ އަތޮޅަށް ވެސް ކޯވިޑް 19ގެ އަސަރު ވަނީ ކޮށްފައި ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މިހާރު ވައިރަހުގެ އަސަރު ހުރި ސަރަހައްދު ތަކުގައި ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް ވެސް އެދިފައި ވެއެވެ.

ކޮމެންޓް