Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު 272،480 މީހުންނަށް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު 272،480 މީހުންނަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމު ކޮށްފިއެވެ. އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 272,480 މީހަކަށް ލިބޭއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި، ވޯޓްދެވޭ 272,480 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން 220،981 މީހަކާއި މާލެ ސިޓީއަށް ނިސްބަތްވާ 51،499 މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންދާ މީހުންގެ ލިސްޓް <a href="http://www.gazette.gov.mv/">ގެޒެޓު</a>، ކޮމިޝަނުގެ <a href="http://www.elections.gov.mv/">ވެބްސައިޓު</a> އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުން ވޯޓާސް ލިސްޓް އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި މީގެއިތުރުން 1414 އަށް އެސްއެމްއެސް ((VR space IDNO Send to 1414) ކޮށްގެން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެ ކަމަށްވެސްް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ލިސްޓަށް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު އެކަކަށް ޝަކުވާ ހުށަހެޅޭނެއެވެ.  ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަދި ހުކުރު ދުވަހު މެންދުރުފަހު ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ބުނެއެވެ.

&nbsp;

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް