Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުވައްމުލަކު އޮކާޒް ފިހާރައަށާއި ޕޯސްޓް އޮފީހަށް ދިޔަ މީހުން ހޯދަނީ

ފުވައްމުލަކު އޮކާޒް ފިހާރައަށާއި ޕޯސްޓް އޮފީހަށް ދިޔަ މީހުން ހޯދަނީ

ޏ. ފުވައްމުލަކު ސިޓީގައި ނެގި ރެންޑަމް ސާންޕަލްގެ ތެރެއިން ދެ މީހަކު ކޮވިޑަށް ފަައްސި ވުމާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށު އޮކާޒް ފިހާރައާއި ޕޯސްޓު އޮފީހަށް ދިޔަ މީހުން ހޯދަން އެރަށު ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ސިޓީ ކައުންސިލުން ވަނީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަޑިމަގު އޮކާޒް ފިހާރަ އަދި ފުވައްމުލަކު ޕޯސްޓް އޮފީހަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތައް ފުވައްމުލަކު ހޮސްޕިޓަލުގެ ނަންބަރު 9988232 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

ކޮވިޑް-19 ރޯގާ ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ވީ އާދިއްތަ ދުވަހު ނެގުނު ރެމްޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ އެ ސިޓީ މިހާރު ވަނީ މޮނިޓަރިން އަށް ލާފައެވެ.

Advertisement
Ooredoo — Square (box)

ރެމްޑަމް ސާމްޕަލް ނަގާފައި ވަނީ އާއްމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށްވާތީ، ފުވައްމުލަކު ސިޓީގައި 'ކޮމިއުނިޓީ ސްޕްރެޑެއް' އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

ފުވައްމުލަަކު ސިޓީ މޮނިޓަރިންގައި އޮތްއިރު، ދެކުނުން އައްޑޫ ސިޓީއާއި ގދ. ތިނަދޫ ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް