Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ކަންކަން ކުއްލިއަކަށް ހަރާމްކޮށްފި ނަމަ ގައުމު ރޫޅޭނެ: ރައީސް ނަޝީދު

ކަންކަން ކުއްލިއަކަށް ހަރާމްކޮށްފި ނަމަ ގައުމު ރޫޅޭނެ: ރައީސް ނަޝީދު

އާންމު ދިރިއުޅުމުގައި ހިނގާ ކަންކަން ކުއްލިއަކަށް ހަރާމް ކުރާނަމަ، ގައުމު ރޫޅިގެން ހިނގައިދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމު ކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރަން ހުޅުވާލުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ، އާންމު ދިރިއުޅުމުގެ އެކި އާދަކާދަތައް އެތައް ސަތޭކަ އަހަރު ފަހުން ކުއްލިއަކަށް ޙަރާމްކޮށްފި ނަމަ އެ މިސްރާބު ޖަހަނީ މުޅި ގައުމު ރޫޅާލަން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އާންމު ދިރިއުޅުން އެއީ ކުއްލިއަކަށް ޙަރާމް ދިރިއުޅުމަކަށް ބަދަލުވެއްޖެނަމަ، އެތައް ސަތޭކަ އަހަރެއް ފަހުން، ދިވެހި އުއްމަތް ރޫޅިގެން ދާނެ ގޮތް އަޅުގަނޑުމެން ވިސްނާލަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ބުނެ ގިނަ އިލްމުވެރިން މަޖިލިސް މެންބަރުންނަށް ރައްދު ދީ، މި ގަރާރާ މެދު ކަންބޮޑުވުން ފާޅު ކުރަމުން އަންނާތީއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް