Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

މިއުޒިކް ހަރާމް ކުރަން އުޅެނީ ދިވެހިން ނިކަމެތި ކުރަން: ރައީސް ނަޝީދު

މިއުޒިކް ހަރާމް ކުރަން އުޅެނީ ދިވެހިން ނިކަމެތި ކުރަން: ރައީސް ނަޝީދު

މިއުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށާއި މިއުޒިކް ހަރާމް ކުރަން އުޅެނީ އެހެން މަގުސަދެއްގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މަޖިލީހުގައި މިއަދު ދެއްކެވި ވާހަކަ ތަކުރާރު ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށާއި ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ މުޖުތަމައު ރޫޅާލަން ކުރާ މަސައްކަތެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެ ބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް. ދިވެހން ނިކަމެތި ކުރުމަށް ހިންގޭ އަމަލެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

https://twitter.com/mohamednasheed/status/1359378069438353412?s=21

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމު ކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރާ ގުޅިގެންނެވެ.

މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ބުނެ ގިނަ އިލްމުވެރިން އަންނަނީ މަޖިލިސް މެންބަރުންނަށް ރައްދު ދީ، މި ގަރާރާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް