Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިއަހަރު ތެރޭ "ހަލުވި އިންޓަރނެޓް" ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފި

މިއަހަރު ތެރޭ "ހަލުވި އިންޓަރނެޓް" ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފި

މި އަހަރު ތެރޭގައި ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދިވެހިންނަށް ހަލުވި އިންޓަނެޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަރނެޓް ތްރޮޓޮލް ވުމުގެ މައްސަލައަށް މިއަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަަމަށެވެ.

"މިއީ އަވަހަށް ވަގުތީ ހައްލެއް ގެންނަންޖެހޭ މައްސަލައެއް ކަމަށް ދެކެން. އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބެލެވޭ" މަބްރޫކް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އިންޓަނެޓްގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެލައްވާފައިވާ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ.

ރައީސް ޞާލިޙުގެ ވައުދުގެ ދަށުން، ސަރުކާރުގެ ފަރާތުން އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކާ ވާހަކަ ދެކެވި އިންޓަނެޓުގެ ޕެކޭޖުތަކަށް ކުޑަ ބަދަލުތަކެއް ގެނައެެވެ. ނަމެވެސް އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި، ފާޑުކިއުންތައް އަބަދުވެސް އަންނަނީ އަމާޒުވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް