Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތުންފަތް ހިކިގެން، ފަޅައިގެން ދަނީތަ؟ މިއޮތީ ރަނގަޅު ހައްލެއް!

ތުންފަތް ހިކިގެން، ފަޅައިގެން ދަނީތަ؟ މިއޮތީ ރަނގަޅު ހައްލެއް!
ތުންފަތް ހިކުމާއި، ފަޅައިގެން ދިޔުމަކީ އާއްމުކޮށް ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މާބޮޑަށް ތުންފަތް ހިކިގެން އުފެދިފައި ހުންނަ ހަންތައް ބައެއް މީހުން ތުންފަތް ކޮށްޓައިގެން ނައްޓާއިރު، މިއީ ހަގީގަތުގައި ވަރަށް ތަދުވާ ކަމެކެވެ. އަދި މިފަދައިން ތުންފަތް ހުރުމުން މޫނުމަތީގެ ރީތިކަމަށް ވެސް ބަދަލުތައް އާދެއެވެ. ރީތި އޮމާން، މަޑު ތުންފަތެއް ލިބެން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ތުންފަތް ހިކިގެން މިކަމަށް ހުރަސް އެޅުނަސް، މިވަރުގެ ކުޑަކަމެއް ހައްލު ކޮށްލަން ކޮންމެހެން ޕާލަރުތަކަށް ދިޔުމުގެ ބޭނުމެއް ނެތެވެ. އަދި އަގުބޮޑެތި ސާމާނު ވެސް ގަނެގެން ތުންފަތުގައި ހާކާނެ ކަމެއް ނެތެވެ. މިއޮތީ ތުންފަތް ހިކުމަށް ގޭގައި ހުރެގެން ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ސްކްރަބެކެވެ. ބޭނުންވާނެ ތަކެތި: - 1 ސައިސަމުސާ ހަކުރު ނުވަތަ ކުޑަކޮށް މުގުރާފަ ހުރި ފުށް ލޮނު - 1 ސައިސަމުސާ މާމުއި ނުވަތަ ކާށިތެޔޮ - ކަފަ ކޮޅެއް - ތެތް ފޮތިކޮޅެއް ސްކްރަބް ތައްޔާރުކޮށް، ހަދާނެ ގޮތް: ބޯތަށްޓެއްގެ ތެރެއަށް މާމުއި/ކާށިތެލާއި ހަކުރު/ލޮނު ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ފަހުން ކަފަކޮޅުން ތުންފަތުގައި އެސްކްރަބް ރަނގަޅަށް މަސާޖު ކޮށްލައިފަ، އުނގުޅައިފަ ބަހައްޓާށެވެ. ދެން ގާތްގަނޑަކަށް 15-20 މިނެޓު ވަންދެން ބަހައްޓައިފައި، ތެތްފޮތި ކޮޅުން ތުންފަތުން ސްކަބްތައް ފިލުވައިލާށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް