Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަލިފުށިން ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އަލިފުށިން ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ރ. އަލިފުށީގައި ހޯމް ކަރަންޓީނުގައި ހުރި ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އަލިފުށި ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ ފައްސިވެފައިވަނީ އެއް މަހުގެ ކުއްޖެކެވެ. އެ ކުއްޖާއަށް އެއް މަސް ފުރިފައިވަނީ މި މަހު އެވެ.

މި ކުއްޖާ ފައްސިވެފައި ވަނީ ކަރަންޓީނު ނިންމާފައި ނެގި ސާމްޕަލްއިންނެވެ.

Advertisement
Ooredoo — Truecaller (box)

އެކުއްޖާއާއެކު ކަރަންޓީނުގައި އިތުރު 8 މީހުން ތިބިއިރު އޭގެ ތެރެއިން 7 މީހެއްގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

އަދި ދެން ހުރި މީހާގެ ސާމްޕަލް އަލުން ނަގަން ވަނީ ނިންމާފައެވެ. އަލުން ސާމްޕަލް ނަގަން ނިންމާފައި ވަނީ ކުއްޖާގެ މާމަގެއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް