ބޮލީވުޑް

ދިވެހި ފިރިހެނުންގެ ހިތްތައް ކަތިލައިފައިވާ ބޮލީވުޑުގެ ތަރި ސަނީ ލިއޯނީގެ އަސްލު ނަމަކީ އެއީ އެއްނޫން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސަނީ ލިއޯނީއަކީ ބޮލީވުޑުގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ޒުވާން އަންހެން ފަންނާނެކެވެ. އޭނާ އަންނަނީ ގިނަ ފިރިހެންނުންގެ ހިތްތަކުގައި ރަނިކަން ކުރަމުންނެވެ. އަދި ގިނަ ފިލްމުތަކެއް މިއަދާ ހަމައަށް ކުޅެފައިވާއިރު ސަނީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު ފަންނާނެކެވެ.

Ads by Sosun Fihaara

އެހެންނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ސަނީ ލިއޯނީގެ އަސްލު ނަމެވެ. ގޫގުލްގައި ވެސް ސަނީ ލިއޯނީ ޖަހާލުމުން އޭނާގެ މައުލޫމާތުުތައް ފެނިގެން ދާނެއެވެ. އެހެން ނަމަވެސް މަދު މީހަކަށް ނޫނިއްޔާ އޭނާގެ އަސްލު ނަމެއް ނޭނގެއެވެ. އެގޮތުން ސަނީ ލިއޯނީގެ އަސްލު ނަމަކީ، "ކަރަންޖީތު ކޮއުރު ވޮހްރާ" އެވެ. މި ނަން ބުނެލުމުން ގިނަ ބަޔަކަށް މިދެކެވެނީ ކާކުގެ ވާހަކައެއް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ސަނީ ލިއޯނީގެ ނަން ބުނުމުން އެއީ ކާކުކަން އެނގޭނެއެވެ.

ކަރަންޖީތު ކައުރުގައިވާ ކޮއުރުގެ މާނައަކީ ސިންގާއެވެ. ނުވަތަ"ލަޔަން"އެވެ.

ސަނީ ލިއޯނީ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ވަން ނައިޓް ސްޓޭންޑް، ޖިސްމު 2، ރާގިނީ އެމްއެމްއެސް 2 އަދި ރައީސް ފަދަ ސުޕަރހިޓު ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

  1. ފހމއޔ

    ރައީސްް؟؟؟؟

  2. ޝެޕް

    ޑެންކޮބައި އެމެރކާ ސަރަހައްދުގައި ކުޅުނު ފުލްމް ތައް