ދުނިޔެ

!ދަރިފުޅަށް އުނގަންނައިދިނުމަށް އަމިއްލަ ގެ ވިއްކާލާ، "ކުރޮޅި" އެއްގައި ދިރިއުޅެމުންދާ މީހެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދަރިންނަކީ ކޮންމެ މައެއްގެ އަދި ބަފައެއްގެ ވެސް މުސްތަގުބަލެވެ. އެމީހުން އެމީހުންގެ ދަރިން ދެކެ ލޯބި ވާ ވަރަށް އިތުރު އެހެންމީހަކަށް ނުވެވޭނެކަން ގައިމެވެ. މިއީ އެކަން ސާބިތުކޮށްދިން ހިތްވަރު ގަދަ ބައްޕައެއްގެ ވާހަކައެވެ.

Ads by Sosun Fihaara

އިންޑިއާގެ މުމްބާއީ ގައި ދިރިއުޅޭ މި މުސްކުޅިމީހާއަކީ އަމިއްލަ ގެ ވިއްކާލައިގެން ކުރޮޅިއެއްގައި ދިރިއުޅޭ މީހެކެވެ. ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން އޭނާ ބުނީ އޭނާގެ އެންމެ ބޮޑު ފިރިހެން ދަރި ވަނީ މީގެ 6 އަހަރު ކުރިން މަރުވެފައި ކަމަށެވެ. އަދި އޭނާ މަރުވި ކަން އެނގުނީ އާދައިގެ މަތިން އޮފީހަށް ދާން ނިކުމެ ގެއަށް ނައިސްގެން ފުލުހަށް ރިޕޯޓު ކުރުމުން ކަމަށެވެ. ހަފްތާއެއް ފަހުން ދަރިފުޅުގެ ހަށިގަނޑު ފެނުނު ކަމަށާއި، ލޯބިވާ ދަރިފުޅާއެކު އެ ބައްޕަގެ އެއްބައި ވެސް އެ ދިޔައީ ކަމުގައި އޭނާ ބުނެފައިވެއެވެ.

އޭގެ ދެ އަހަރު ފަހުން އޭނާގެ އެހެން ފިރިހެން ދަރިއެއް ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އަދި އެކަމުގެ ސަބަބުން އާއިލާއަށް މާލީ ގޮތުން އެެތައް ގޮން ޖެހުން ތަކަކާއި ކުރިމަތި ލާން ޖެހި އަންހެން ދަރިފުޅުގެ ތައުލީމަށް ފައިސާ ޚަރަދު ކުރާނެ ގޮތް ދަތިވި ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ. އަދި ރެއާ ދުވާލު ކުރޮޅި ދުއްވައިގެން އިންޑިއާ ރުޕީސްގެ 10000 ރުޕީސް ލިބޭ ކަމަށާއި ދަރިފުޅުގެ ތައުލީމަށް 6000 ރުފީސް ދިނުމަށް ފަހު ބާކީ 4000 ރުޕީސް އިން އާއިލާއަށް ކާން ދެނީ ކަމުގައި އޭނާ ބުންޏެވެ،

ދަރިފުޅު އޭ ލެވެލް ނިންމާލުމާއެކު އެދަރިފުޅު ބޭނުންވީ އިތުރަށް އުނގެނުމަށް ދިއްލީއަށް ދާށެވެ، އެހެންނަމަވެސް ޚަރަދު ކުރެވޭނެ ވަރަށް ރުފިޔާ ނެތުމުގެ ސަބަބުން އޭނާ ދިރިއުޅެމުން ދިޔަ ގެ ވިއްކާލީ ކަމަށާއި އެއިން ލިބުނު ފައިސާއިން އޭނާގެ ދަރިފުޅު ކިޔެވުމަށް ޚަރަދު ކުރީ ކަމުގައި އޭނާ ބުންޏެވެ. އަދި މިއިން އެއްވެސް ވާހަކައެއް ދަރިފުޅަށް ނޭނގޭނެ ކަމަށާއި މިހާރު ކުރޮޅީގައި ދިރިއުޅޭތާ އަހަރެއް ވެދާނެ ކަމުގައި އޭނާ ފާހަގަކުރިއެވެ،

މިއީި ހިތްވަރުގަދަ ބައްޕައެއް އޭނާގެ ދަރިފުޅު އުނގަންނައި ދިނުމަށް ކުރި މަސައްކަތުގެ ވާހަކައެވެ. ބައްޕައިން ދަރިންގެ އުފަލަށް ޓަކައި ވަމުން އަންނަ ޤުރުބާނީ އަކީ ދުލަކުން އަދި ގަލަމަކުން ވެސް ބަޔާން ކުރެވޭ ވަރަށް ވުރެ މާތް އަދި އެހާމެ ބޮޑު ޤުރުބާނީއެކެވެ.

Ads by Ooredoo
  1. ދަރިފުޅެއް ނޫން. ކާފަ ދަރިފުޅު. https://m.facebook.com/story.php?story_fbid=1624573314418306&id=188056068070045