Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ބްރެޒިލްގައި ފެތުރޭ އާ ވޭރިއެންޓްގެ ބާރު 3 ގުނަ ވަރުގަދަ

ބްރެޒިލްގައި ފެތުރޭ އާ ވޭރިއެންޓްގެ ބާރު 3 ގުނަ ވަރުގަދަ

ބުރެޒިލުން ފެނިފައިވާ ކޯވިޑްގެ އައު ވައްތަރަކީ ވާރުތަވުމުގެ ބާރު ތިން ގުނަ ގަދަ ވައިރަހެއް ކަމުގައި އެޤައުމުން ބުނެފިއެވެ.

އާ ވައިރަސް އެ ގައުމުގައި ފެތުރެމުންދާއިރު އެ ވައިރަހާ ބެހޭ މާބޮޑު މައުލޫމާތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ބުރެޒިލުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު އެޑުއަޑޯ ޕަޒުއެއްލޯ ވިދާޅުވީ ބުރެޒިލުގައި ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރުގެ ފެތުރޭ މިންވަރު އަވަސްވެ ބާރުގަދަ ކަމަށެވެ.

ބުރެޒިލުގައި ކޯވިޑާ ދެކޮޅަށް ވެކްސިން ޖަހަން ފަށާފައިވާއިރު އެ ގައުމުގައި ދެމުން އަންނަނީ ޗައިނާގެ ސިނޯވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިނާއި އިނގިރޭސިވިލާތުން އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިނެވެ. ޖޫން މަހުގެ ނިޔަލަށް އެ ގައުމުގެ ދެބައި ކުޅަ އެއްބައި މީހުންނަށް ވެކްސިން ދެވޭނެ ކަމަށާއި އަހަރު ނިމެންވާއިރަށް އެންމެންނަށް ވެކްސިން ދީ ނިންމާލެވޭނެ ކަމަށް އެ ގައުމުން ބުނެއެވެ.

Advertisement
HDC — Sidebar (box)

ބުރެޒިލުގައި މިހާތަނަށް 9.7 މިލިއަން މީހުންނަށް ކޯވިޑް ޖެހި 236،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ޤައުމު އޮތީ އެމެރިކާއަށްފަހު ކޯވިޑްގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ދެވަނަ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގައި ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 237،601 އަށް އަރާފައެވެ. ބަލިން ރަނގަޅު ވެފައިވަނީ 8,678,327 މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް