Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސައީދު، ދައުލަތަށް: ކޮވިޑަށް 3 ބިލިއަން ޚަރަދު ކުރިއިރު، އެޗްޕީއޭގެ ބޭނުމަށް ފައިސާ ނުދީ ކުރީ ކޮންކަމެއް؟

ސައީދު، ދައުލަތަށް: ކޮވިޑަށް 3 ބިލިއަން ޚަރަދު ކުރިއިރު، އެޗްޕީއޭގެ ބޭނުމަށް ފައިސާ ނުދީ ކުރީ ކޮންކަމެއް؟

ކޮވިޑް-19 ގެ ބަލި ރާއްޖެއިން ފުރަތަމަ ފެނުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ދައުލަތުން 3 ބިލިއަން ރުފިޔާ ކޮވިޑަށް ޚަރަދު ކުރިއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ބޭނުމަށް ސަރުކާރުން ފައިސާ ނުދީ ޚަރަދު ކުރީ ކޮން ކަމަކަށްތޯ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

ކޮވިޑް-19ގެ އެންމެ ނުރައްކާ ހާލަތުގައި ރާއްޖެ އޮތްއިރު، ފަރުވާ އަށް ޚާއްސަކުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނުމާ ގުޅިގެން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުފޫޒުން މިނިވަންވެ، ޒިންމާދާރު ކަމާއެކު އެޗްޕީއޭ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އިނގިރޭސިވިލާތުން މުޅިން އަލަށް ފެނުނު 'ވޭރިއަންޓް' އާއެކު ވެސް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ މިންގަނޑާއިއެއްގޮތަކަށް ނޫން" މެމްބަރު ސައީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/em_saeed/status/1360510767359873024?s=20

މީގެއިތުރުން ސައީދު ވިދާޅުވީ ކޮވިޑް-19 އެންމެ ބާރަށް މާލޭގައި ފެތުރުނު ދުވަސްތަކުގައި ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ މުވައްޒަފުން އަދި ކުންފުނިތަކުގެ ވެރިން އަތޮޅުތެރެއަށް ކުރި ދަތުރުތައް އިތުރުވި ކަމަށެވެ. އަދި މިއީ ސީދާ ސަރުކާރުގެ ނުފޫޒުކަން ވެސް ސައީދު ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް