Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކާގޯ ބޯޓެއްގެ ތެރެއަށް ފަޅުވެރިއަކު ވެއްޓި މަރުވެއްޖެ

ކާގޯ ބޯޓެއްގެ ތެރެއަށް ފަޅުވެރިއަކު ވެއްޓި މަރުވެއްޖެ

ކާގޯ ބޯޓެއްގެ ތެރެއަށް ފަޅުވެރިއަކު ވެއްޓި މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ، އައްޑޫ ކައިރިން ދަތުރު ކުރަމުންދިޔަ "އެމްވީ ޑެރްބީ" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓުނު ފަޅުވެރިއަކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އައްޑޫގެ އިރުދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދިޔަ މި ކާގޯ ބޯޓުގެ ތެރެއަށް ވެއްޓިފައިވަނީ ބިދޭސީ ފަޅުވެރިއެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓިގެން މަރުވި ބިދޭސީމީހާ، އެބޯޓު ތެރެއަށް ވެއްޓިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު މެންދުރު 12:26 އެހާކަންހާއިރެވެ. އެވަގުތުން ފެށިގެން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކު ބޯޓު އައްޑުއާ ދިމާލަށް ކައިރިކޮށް، ކަނޑުމަތިން ބިދޭސީ މީހާ ކޯސްޓު ގާޑުގެ ލޯންޗުގައި އައްޑޫ ސިޓިއަށް ގެންދިއުމުގެ މަސައްކަތް މީގެ ކުޑައިރުކޮޅެއް ކުރިން ކޮށްފައިވެއެވެ.

މަރުވެފައިވާ ބިދޭސީ މީހާގެ ހަށިގަނޑު ފޭދޫ ބަނދަރުން ނަގައިގެން ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ މޯޗަރީއަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް