Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވެއްޓުނު ސީޕްލޭންގައި ދަތުރުކުރި އެންމެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި

ވެއްޓުނު ސީޕްލޭންގައި ދަތުރުކުރި އެންމެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ހާދިސާގައި އަނިޔާވި އެންމެންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

މާލިފުށިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މި ބޯޓުގައި ހަ ފަސިންޖަރުންނާއި ތިން ކުރޫ މެމްބަރުން ދަތުރު ކުރިއެވެ. މީގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މަންތާ އެއާ އިން ބުނީ އަނިޔާވި މީހުންނަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލައިފާވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ވެއްޓުނު ބޯޓު ނެގުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް މަންތާ އެއާ އިން ބުނެއެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބޯޓު އޮތީ ވެއްޓި ފުށުން ޖެހިފައެވެ. އަދި ފެންނަން އޮތީ ބޯޓުގެ ދެ ކަނދު އެކަންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް