ޚަބަރު

ސަރުކާރު ކޯލިޝަންގައި ތިއްބެވީ ކަޑަ ޖެއްސެވި ލީޑަރުން: ސައީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ބޮޑެތި ގިނަ މަޝްރޫއު ތަކުގައި "ކަޑަ ޖެއްސެވި" ބޭފުޅުން ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ ބޮޑު ތަރައްޤީ މަޝްރޫއުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއު ނިންމަން ފަސް އަހަރު ދުވަސް ހޭދަވާނެ ކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ސައީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުންނަކީ މަޝްރޫއުތަކުގައި ހުސް ކަޑަ ޖެއްސެވި ބޭފުޅުން ކަމަށާއި ހަރުދަނާ ވިސްނުމެއް ނެތި މިހާ ބޮޑެތި ކަންކަން މިއީ އަޖުމަ ބަލަން ކައިރިވާވަރުގެ ކަމެއް ނޫން ކަމަށެވެ.

ސައީދު ވިދާޅުވީ އިންތިހާއަށް ބޮޑު ހަރަދާއެކު ޖަހާ ތަނބު އެކަނި ހުންނަން ވެއްޖެނަމަ ފަހުން ހިތާމަ ކުރާނެ ކަމަށެވެ.

"ތިލަ މާލެ" ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!