Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އިންޑިއާގެ ދަނޑުވެރިން ގޮތްހުސްވެ ދޮންކެޔޮތައް ހަލާކުކޮށްލައިފި

އިންޑިއާގެ ދަނޑުވެރިން ގޮތްހުސްވެ ދޮންކެޔޮތައް ހަލާކުކޮށްލައިފި

ކޮވިޑް-19އާ ގުޅިގެން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ވާހަކައަކީ މިއަދު އައު ވާހަކައެއް ނޫނެވެ. އޭގެ ތެރޭގައި ދަނޑުވެރިން ވެސް ހިމެނޭއިރު، އެމީހުން ހައްދާ އެކިކަހަލަ މޭވާ އާއި ތަރުކާރީއަށް އެކަށީގެންވާ އަގެއް ނުލިބި ނުވަތަ ޑިމާންޑެއް ނެތި ބައެއް ފަހަރަށް އުކާލަން ވެސް ޖެހެއެވެ.

މިއީ އިންޑިއާގެ އުއްތަރުޚާންދުގެ ގޮތް ހުސް ވެފައިވާ ދަނޑުވެރީންގެ ވާހަކައެވެ. އެއަވަށުގެ ގިނަ ދަނޑުވެރިންނަށް މިއަދު ގޮތް ހުސްވެ މަޖުބޫރުވެފައި ވަނީ އެމީހުން ހައްދާފައިވާ ދޮންކެޔޮތައް ހަލާކު ކޮށްލާށެވެ.

މި އަވަށުގައި ދިރިއުޅޭ ތިން ބެއިން ވަނީ އެމީހުންގެ 185130 އަކަފޫޓުގެ ދޮންކެޔޮ ދަނޑު ހަލާކު ކޮށްލާފައެވެ. އެމީހުން ބުނާ ގޮތުގައި އެމީހުން ދޮންކެޔޮ ހައްދަން ފެށީ އެގައުމުގެ ވިޔަފާރިއާ ބެހޭ މާހިރުން އެކަމުން ރަނގަޅު ފައިދާއެއް ވާނެ ކަމަށް ބުނުމުންނެވެ. އެހެންނަމަވެސް ދޮންކެޔޮތައް ރަނގަޅަށް ދޮންވެ ފައްކާވުމުން، ގަންނާނެ މީހަކު ވެސް އަދި ރަނގަޅު އަގެއް ވެސް ނުލިބުނެއެވެ. އެހެންކަމުން އެ ތިން ބެއިންނަށް މަޖުބޫރުވީ އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ފޮނި އުއްމީދުތަކެއް ދެކެމުން ކުރި މަަސައްކަތް އަމިއްލަ އަތުން ހަލާކު ކޮށްލާށެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ވެސް ގިނަ ދަނޑުވެރިން ބުނާ ގޮތުގައި ދަނޑު ހައްދައިގެން އެމީހުންނަށް މިހާރު އެމީހުން ކުރާ ހަރަދު ވެސް ފޫނުބެއްދެއެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން ބައެއް މީހުންނަށް މަޖުބޫރު ވަނީ ކިތަންމެ ދަށް އަގެއްގައި ވިޔަސް އެމީހުން ހެއްދި ތަކެތި ވިއްކާލުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް