ދުނިޔެ

ސުޝާންތާއެކު ފިލްމު ކުޅުނު ސަންދީޕް ވެސް އަމިއްލައަށް މަރުވެއްޖެ، ސޫސައިޑް ސިޓީ ދޫކޮށްލީ ފޭސްބުކަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނިމިދިޔަ 2020 ވަނަ އަހަރަކީ އެތައް ގޮތަކުން މުޅި ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ފަޅުކަމެއް ގެނެސްދިން އަހަރެކެވެ. އެގޮތުން ބޮލީވުޑް ފިލްމީ ތަރި ސުޝަންތު ސިންގް އަމިއްލައަށް ދަންޖެހިގެން މަރުވި ޚަބަރަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ޚަބަރެކެވެ. ބައެއް މީހުން ބުނަމުން ގެންދިޔައީ ސުޝާންތު މަރުވީ އަމިއްލައަށް ނޫންކަމަށާއި، ސުޝާންތު ވަނީ ބަޔަކު ރާވައިގެން މަރާލައިފައި ކަމަށެވެ. މިކަމުގެ ހަގީގަތް އަދިވެސް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ،

Ads by Sosun Fihaara

ސުޝަންތުގެ މަރަށް ފަހު އަނެއްކާވެސް ބޮލިވުޑްގެ ފަންނާނެއް މިވަނީ އަމިއްލައަށް މަރުވެފައެވެ. އަމިއްލައަށް މަރުވެފައި ވަނީ ސުޝާންތާއެކު ފިލްމަކުން ފެނިފައިވާ ސަންދީޕް ނަހަރުއެވެ. އޭނާ ވަނީ ސުޝާންތާއެކު "އެމްއެސް ދޮނީ" އިން ފެނިގެން ގޮސްފައެވެ. ސަންދީޕު މަރުވުމުގެ ކުރިން އޭނާ ވަނީ އާންމުނަށް ސިޓީއެއްގެ ޒަރިއްޔާއިން ވާހަކައެއް ބުނެދީފައެވެ، އެވާހަކަ އޭނާ ވަނީ ފޭސްބުކުގައި ހިއްސާކޮށްފައެވެ. މި ލިޔުންކޮޅު އޭނާ ހިއްސާ ކޮށްފައި ވަނީ ކުރު ވީޑިއޯ ކޮޅެއް ވެސް ހިމެނޭ ގޮތަށެވެ.

އެވީޑިއޯގައި އޭނާ އަމިއްލައަށް މަރުވާން އުޅޭ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ މަރުގެ ޒިންމާ އެއްވެސް ގޮތަކަށް އާއިލާގެ އެއްވެސް މީހެއް ނަގަން ނުޖެހޭނެ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ. އަމިއްލަ ދިރިއުޅުމުގައާއި ފިލްމީި ދާއިރާގައި ވެސް އޭނާ އެތައް ކަމަކާ ކުރިމަތިލަމުން އަންނަ ކަމުގައި ވެސް ވިޑިއޯގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ލިޔުމުގައި އޭނާ ބުނެފައި ވަނީ ، އޭނާ އެތައް ކަމަކާ ކުރިމަތިލަމުން އަންނަ ކަމަށެވެ. އަނބިމީހާ އާއެކު ކޮންމެ ދުވަހަކު ޒުވާބު ކުރަންޖެހޭ ކަމަށާއި، އޭނާގެ އަނބިމީހާއާއި އަނބިމީހާގެ މަންމަ ވެސް އޭނާގެ ހާލަތު ދެނެގަންނަން މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ. އަދި އޭނާގެ އަނބިމީހާ އަކީ އާދަޔާ ޚިލާފަށް ރުޅިގަދަ މީހެއް ކަމަށާއި، އޭނާގެ މަރުގެ ޒިންމާ އޭނާގެ އަންހެނުން ވެސް ނަގަން ނުޖެހޭނެ ކަމުގައި ވެސް އޭނާ ލިޔެފައިވެއެވެ.

ހަމައެއާއެކު، އޭނާ އަމިއްލައަށް މަރުވާން ވިސްނާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާ ކޮންމެ ފަހަރަކު ވެސް އަމިއްލަ ނަފުސަށް ނަސޭހަތްދީގެން ފަހުން ރަނގަޅުވާނޭ ކަމުގައި ބުނަނީކަމަށް ވެސް އޭނާ ލިޔެފައިވެއެވެ. އަދި ދުވަހަކު ވެސް މިހާ ދެރަނުވާ ކަމަށާއި، މިފަހަރު ކެތް ނުކުރެވިގެން އަމިއްލައަށް މަރުވާން ގަސްތު ކުރީކަމުގައި އޭނާ ފާހަގަކޮށްފައި ވެއެވެ.

އޭނާ އިތުރަށް ބުނީ، މިހުރިހާ ކަމަކާ ކުރިމަތިލާނެ އިތުރު ހިތްވަރެއް އޭނާގެ ކިބަޔަކު ނެތް ކަމަށާ، އެނގޭހާ ވެސް ކަމަކީ އަމިއްލައަށް މަރުވުމުން ދެން ކުރިމަތިލާން ޖެހޭ ކަމަކާ ކުރިމަތިލާނެ ހިތްވަރު އެބަހުރި ކަމަށެވެ. އަދި ލިޔުން ނިންމާލަމުން އޭނާ އެދިފައިވަނީ އެއްވެސް މީހަކު އޭނާގެ އަނބިމީހާއާ ދިމާއަށް އެއްވެސް އެއްްޗެކޭ ނުބުނުމަށެވެ. ބަދަލުގައި އޭނާއަށް ސިކުނޑީގެ ފަރުވާ ހޯދައިދީ އޭނަގެ ރުޅި މައިތިރިކުރެވޭތޯ މަސައްކަތް ކޮށްދިނުމަށް އެދިފައި ވެއެވެ.

އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައި ވަނީ  ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.

 

Ads by Ooredoo
  1. މުޙަންމަދު

    ކާފަރުން ރަނގަޅީ ތިގޮތަށް ނިމިދިޔުން.

    • ޙަސަން

      ީ ވަރަށް ބޮޑ ކުއްހީއެއ.ް ކޮންމ އިންސާނަކ ވެސް މުސްލިމެއްގ ގޮތުގ މަރުވުނ އެދެނީީ. އެހެނ ގޮތެއ އެދޭނީީ އިބިލީސ.