Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

8 މަހުގެ ތުއްތު ދަރިފުޅު ޖަހައިގަތީ ރާމާމަކުނު ތަކެއް!

8 މަހުގެ ތުއްތު ދަރިފުޅު ޖަހައިގަތީ ރާމާމަކުނު ތަކެއް!

އިންޑިއާގެ އަވަށެއްގައި ދިރިއުޅޭ އަންހެނެއްގެ އަށް މަހުގެ އެއްމާބަނޑު ދެބެއިން، ރާމާމަކުނެއް ޖަހައިގެންފިއެވެ.

ބޭނުގެ މީޑިއާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއްމާބަނޑު ދެބެއިން ޖަހައި ގަނެގެން ރާމާމަކުނުތައް ގެންގޮސް އެއް ކުއްޖަކު ވަނީ މަރާލާފައެވެ. އަދި އަނެއް ދަރިފުޅު މަރާލުމުގެ ކުރިން އެކުދިންގެ މަންމަ ވަނީ ދަރިފުޅު ސަލާމަތް ކޮށްފައެވެ.

ރާމާމަކުނުތައް ހަމަލާ ދީިފައި ވަނީ އެގޭގައި އެ އަންހެން މީިހާއާއި އޭނަގެ އެއްމާބަނޑު ދެދަރިން އެކަނިމާ އެކަނި ގޭގައި ތިއްބައެވެ. އަދި އެ އަވަށަކީ ވަލު ޖަނަވާރުން ގިނަ ސަރަހައްދެއް ކަމުގައި ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ. އަދި ރާމާމަކުނުތައް އެގެއަށް ވަދެފައި ވަނީ ފުރާޅު ތަޅައިލައިގެން ކަމަށާއި، ދެދަރިންގެ ތެރެއިން އެއްދަރިފުޅު މަރާލާ އެއްލާލާފައި އޮތީ ގޭގެ ބިއްދޮށް ފަރާތުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައާ ގުޅިގެން އިންޑިއާގެ އެ އަވަށުގައި މިހާރު ޖަނަވާރުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން އެގައުމުގެ ފުލުހުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރި ވާން ފަށާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ އަވަށުގައި ދިރިއުޅޭ އެހެން ފަރާތްތަކުގެ ހިތްތަކުގައި ވެސް މިކަމާ ގުޅިގެން ވަނީ ބިރުވެރިކަން އުފެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް