Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކަރަންޓީނު އުސޫލާ ޚިލާފުވި މީހަކު ހަ މަހަށް ޖަލަށް ލައިފި!

ކަރަންޓީނު އުސޫލާ ޚިލާފުވި މީހަކު ހަ މަހަށް ޖަލަށް ލައިފި!

އިނގިރޭސި ވިލާތުގައި ކަރަންޓީނުގައި ހުރި ފިރިހެނަކު އެގައުމުން އެކުލަވާލައިފައިވާ ކަރަންޓީނު އުސޫލާ ޚިލާފު ވުމުގެ ސަބަބުން ހަ މަހަށް ޖަލަށް ލައިފިއެވެ.

ބޭރު ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރު ކުރީ ކަރަންޓީނުގައި ހުރެ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރުމަށް މަގުމައްޗަށް ނިކުތުމުގެ ސަބަބުންނެވެ. މީނާ މިގޮތަށް ކަރަންޓީނުގައި ހުރެ ތިން ފަހަރަކަށް ވަނީ ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ބޭރަށް ނިކުމެފައެވެ.

[caption id="attachment_64686" align="alignnone" width="436"]<img class=" wp-image-64686" src="https://cdn.dhen.mv/wp-content/uploads/2021/02/39309672-0-image-a-1_1613389581170-300x201.jpg" alt="" width="436" height="292" /> ހައްޔަރު ކުރެވުނު ފިރިހެން މީހާއާއި އޭނާގެ ލޯބިވެރިޔާ[/caption]

Advertisement
Ooredoo — Square (box)

މި ފިރިހެން މީހާގެ ލޯބިވެރިޔާ ވެސް އުޅެނީ ހަމަ އެއް އިމާރާތެއްގައި ކަމަށާ، އެހެންނަމަވެސް އެ އަންހެން މީހާ ހުރީ ކަރަންޓީނުގައި ނޫން ކަމަށް ވެސް މިޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. މި މައްސަލައިގައި ފިރިހެން މީހާ ކަރަންޓީނުގައި ހުރެ ބޭރަށް ނިކުތުމަށް އޭނާއަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތުހުމަތުގައި އަންހެން މީހާ ވެސް ވަނީ ހައްޔަރު ކުރެވިފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިދެމީހުން ވެސް މިދިޔަ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ހައްޔަރު ކުރެވިފައި ވާއިރު، މި މައްސަލައިގެ އަޑުއެހުން އޮތީ މި މަހުގެ 26 ވަނަ ދުވަހުގައި ކަމަށް ވެސް މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަނީ ކަރަންޓީނުވުމުގެ އުސޫލުތަކެއް އެކުލަވާލައިފައެވެ. އަދި އެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް އެކި ކަހަލަ ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުންނެވެ.

&nbsp;

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް