ލައިފްސްޓައިލް

ފޭރިގަތީ ލައިވް ޓީވީގައި، ބެލުންތެރިންނަށް ހީވީ ޝޯވގެ ބައެއް ކަމަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ވައްކަން ކުރުމާއި ފޭރުމަކީ މިހާރު އާންމު ކަމެކެވެ. އެކި ގޮތްގޮތަށް އެކި ތަންތަނުގައި ވެސް މިހާރު ފޭރޭ މީހުން މަދެއް ނޫނެވެ. އެގޮތުން މިފަހަރު މިއީ ލައިވް ޓީވީއެއްގައި ފޭރިގަތް މީހެއްގެ ވާހަކައެވެ.

Ads by STELCO

ބޭރު ގައުމެއްގެ ކުޅިވަރު ރިޕޯޓަރެއް ލައިވް ޝޫޓިންގއެއްގައި ހުއްޓައި ވަގަކު އައިސް ވަނީ ބަޑިއެއް ދިއްކޮށް ފޯނާއި އެހެނިހެއް ސާމާނު ދިނުމަށް ބުނާ މަންޒަރު ކެމެރާއަށް އަރާފައެވެ. އެމީހާ ހުރީ މެޑިކަލް މާސްކެއް އަޅައިގެންނެވެ.

ރިޕޯޓަރުގެ އަތުންނާއި ކެމެރާ މަނުގެ އަތުން ވެސް އެމީހާ ވަނީ ފޭރި ގަނެފައެވެ. އަދި މިދެމީހުންގެ އަތުން ވެސް އެތަކެތި ލިބުނު ހާ އަވަހަކަށް އޭނާ ގޮސް ސައިކަލަކަށް އަރައި އިތުރު އެހެން މީހަކާ އެއްކޮށް ދާ މަންޒަރު ވެސް ވަނީ އެ ވީޑިއޯއަށް އަރާފައެވެ.

މިވީޑިއޯ ވަނީ ޓުވިޓާގައި އާންމު ކޮށްފައެވެ. އަދި އާންމުން ހީކުރީ އެއީ ކުރަމުން ދިޔަ ޝޫޓިންގެ ބައެއް ކަމަށެވެ. އަދި ޓުވިޓާގައި އެ ވީޑިއޯ އާންމު ކުރިތާ މާގިނަ އިރުތަކެއް ނުވެ ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ވީޑިއޯއަށް ލިބިގެން ގޮސްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ވަރަށް ހަރުކަށި ގޮތެއްގައި ބަލަމުންނެވެ. މީގެ ކުރިން ވެސް މި ރިޕޯޓަރަށް އެފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ކަމަށާ، އެހެން ނަމަވެސް އެފަހަރު ނަސީބު ކަން ދިމާކުރި ގޮތުން ފޭރިގަތް ސާމާނު ލިބުނު ކަމަށް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!