Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގެމަނަފުށީގައި "ރޫހާނީ ކަންތައްތަކެއް" ހިނގައިގެން ހަ ކުއްޖަކަށާއި ޓީޗަރަކަށް ފަރުވާ ދީފި

ގެމަނަފުށީގައި "ރޫހާނީ ކަންތައްތަކެއް" ހިނގައިގެން ހަ ކުއްޖަކަށާއި ޓީޗަރަކަށް ފަރުވާ ދީފި

ގއ. ގެނަމަފުށީގައި "ރޫހާނީ ކަންތައްތަކެއް" ހިނގައިގެން ހަ ކުއްޖަކަށާއި ޓީޗަރަކަށް ރޭގައި އެރަށު ހެލްތު ސެންޓަރުން ފަރުވާ ދީފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި އެރަށުން "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ ގެނަމަފުށީ ސްކޫލްގެ ގްރޭޑު 10 ގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ހަ ދަރިވަރަކަށާއި ޓީޗަރަކަށް އެސްކޫލުގައި ރޫހާނީ ކަންތައްތަކަކާއި ކުރިމަތިވެ، އެކަމުގެ ސަބަބުން އެމީހުންނަށް ނަފްސާނީ ގޮތުން ވެސް އަސަރު ކޮށްގެން އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

ގެމަނަފުށީ ސިއްޙީ މަރުކަޒުގެ މެނޭޖަރ އަހުމަދު މުއާޒު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކުދިންނަށާއި ޓީޗަރަށް ދިމާވީ ސީދާ ކޮންކަމެއްކަން ދަންނަވަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ހަ ކުއްޖަކަށް ފަރުވާ ދޭން ސިއްޙީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ފަހުން ޓީޗަރަކަށް ވެސް ފަރުވާ ދޭން ގެންދިޔަ ކަމަށް މުއާޒު ބުންޏެވެ.

Advertisement
Ooredoo — Square (box)

"އެމީހުންނަށް ދިމާވީ ސީދާ ރޫހާނީ ކަމެކޭ ބުނާކަށް ނޭނގޭ. ނަމަވެސް އަޅުގަނޑު ދިޔައިރު އެކުދިންތައް ރުއިތަން ދުށިން އަދި ވެއްޓުނުކަން ވެސް އެނގިފައިވޭ. އެންމެން ވެސް ތިބީ ވަރަށް ހާސްވެފަ. ފަރުވާ ދިނުމަށްފަހު އެ އެންމެންގެ ވެސް ހާލު ސްޓޭބަލްވުމުން މިހާރު ވަނީ ގެއަށް ދޫކޮށްލާފަ" މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ރޭ 8:00 ގެ ކުރިން ކަމަށެވެ. އަދި ޓީޗަރަށް ފަރުވާދޭން ގެންދިޔައީ ރޭ 9:00 ގެ ފަހުން ކަމަށް ވެސް ވިދާޅުވިއެވެ.

ގެނަމަފުށީ ސްކޫލުގައި ހިނގި މިހާދިސާއާ ގުޅޭގޮތުން ސްކޫލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި ކައުންސިލުން ވެސް ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ކައުންސިލުގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް