ޚަބަރު

ވެކްސިން ޖެހީ 17 ވަނަ ދުވަހު، ނިޔާވީ ކޮން ސަބަބަކާ ހުރެތޯ ދަނީ ތަޙްޤީޤް ކުރަމުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަދު ނިޔާވި އުމުރުން  93 އަހަރުގެ މީހާ ނިޔާވެފައި ވަނީ ކޮން ސަބަބަކާ ހުރެތޯ ދެނެގަތުމުގެ ތަޙްޤީޤު ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު ނިޔާވެފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހު ވެކްސިން ޖެހި މީހެކެވެ. މިމީހާއަކީ މުސްކުޅި ބަލީގައި އެނދުމަތި ވެފައި އޮންނަތާ 10 އަހަރު ވެފައިވާ މީހެއް ކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ޕްރޮޓޮކޯލްގެ ދަށުން މަރުވި ސަބަބު ހޯދުމަށް މިހާރު ތަޙްޤީޤެއް ކުރިޔަށް ގެންދާ ކަމަށާއި ތަޙްޤީޤު ނިމުމުން ތަފްސީލް ހާމަ ކުރައްވާނެ ކަމަށެވެ. އަދި ވެކްސިން ޖަހާ މީހުން އިތުރު ބަލިތަކާއި އިތުރު ސަބަބުތަކާ ހުރެ ނިޔާ ވެދާނެ ކަމަށްވެސް އެޗްޕީގެ ޓްވީޓްގައި ބުނެފައި ވެއެވެ.

މިއަދު ނިޔާވެފައި ވަނީ ގދ.ގައްދޫ މީހެކެެވެ. މިމީހާ ނިޔާވެފައި ވަނީ ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްޞަމަދު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!