މޭކަޕް ނުކޮށް ހުންނައިރު ޕްރިޔާންކާ ހުރީ އެހެން މީހުން ހީކުރި ގޮތަކަށް ނޫން

ގިނަ އެކްޓަރުންނަކީ ވަރަށް ގިނައިން މޭކަޕް ކޮށްފައި ތިބޭ ބައެކެވެ. އެގޮތުން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްބަޔަކީ ބޮލީވުޑްގެ ފިލްމީ ތަރިންނެވެ. އެމީހުންނަކީ އާންމު ދިރިއުޅުމުގައި ވެސް މޭކަޕް ކޮށްގެން ތިބޭ ބައެއް ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެހެންކަމުން ފިލްމީ ތަރިންނާއި މަޝްހޫރު މީހުން މޭކަޕް ނުކުރާއިރު ހުންނަ ގޮތެއް ގިނަ މީހުން ވަރަށް ބަލާހިތްވެއެވެ.
އެގޮތުން ދާދި ފަހުން މުޅި މީސްމީޑިއާ ހައިރާން ކޮށްލީ، ބޮލީވުޑް އަދި ހޮލީވުޑްގެ ވެސް މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްރާ ޖޯނަސް ގެ މޭކަޕް ނުކޮށް ހުރި ފޮޓޯއަކުންނެވެ.
ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މޭކަޕާނުލާ އަންހެނަކަށް ރީއްޗެއް ނުވެވޭނެއެވެ. އަދި އަންހެނުން މޭކަޕް ކުރަނީ ހަގީގަތުގައި އެމީހުންގެ ސިފަ ހުތުރު ކަމުން ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.
ނަމަވެސް ޕްރިޔާންކާގެ މިފޮޓޯއިން އެއީ ތެދެއް ނޫންކަން ބަޔާންކޮށް ދީފިއެވެ.

ދުނިޔޭގެ ރީތީގެ ރާނީކަމުގެ ޝަރަފުވެރި މަޤާމުވެސް ކުރިން ލިބިފައިވާ ޕްރިޔާންކާ އަކީ މޭކަޕަކާ ނުލާ ވެސް ރީތި މީހެއްކަން އޭނާ މިވަނީ ސާބިތުކޮށް ދީފައެވެ. މިފޮޓޯ ޕްރިޔާންކާ ހިއްސާ ކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް، މޭކަޕް ނުކޮށް ހުންނައިރުގެ ފޮޓޯއެއް ދައްކާލަ ދިނުމަށް ބައެއް މީހުން އެދުމާ ގުޅިގެންނެވެ.
އެއްވެސް ރީއްޗެއް ނޫން..
ހަމަ ރީތި
ޙަމަަ ނުލާހިކުު ރީތި