ބޮލީވުޑް

ޝްވެތާ ތިވާރީ 10 ކިލޯ ލުއި ކޮށްލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކަސައުޓީ ޒިންދަގީކޭގެ ސީޒަން 1 ގެ ޕްރޭނާގެ ރޯލުން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޝްވެތާ ތިވާރީ، އޭނާގެ ބަރުދަނުން 10 ކިލޯ ލުއި ކޮށްލައިފިއެވެ. ޝްވެތާގެ މި ބަދަލު ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.

Ads by MWSC

އޭނާ ބުނި ގޮތުގައި ބަރުދަން ލުއި ކޮށްލުމަށް އެންމެ ބޮޑަށް އެހީވީ އޭނާގެ ނިއުޓްރަޝަނިސްޓް ކިނިތާ ކަޑާކިއާ ޕަޓޭލްއެވެ. އަދި މިހުރިހާ ކަމެއްގެ ފަހަތުގައި ވެސް ހުރި މީހަކީ ކިނިތާ ކަމަށް ޝްވެތާ ބުނެއެވެ. އަދި ކިނިތާ އޭނާ ބެލީ ކްލައިންޓަކަށް ވުރެ ބޮޑަށް ރައްޓެއްސެއްގެ ގޮތަށް ކަމަށް ޝްވެތާ ވަނީ ބުނެފައެވެ.

40 އަހަރުގެ ޝްވެތާ އިތުރަށް ބުނިގޮތުގައި އެކަން އޭނާ ކުރީ ވަރަށް ހިތްވަރާ ބުރަ މަސައްކަތުންނެވެ. އެގޮތުން ބަރުދަން ލުއި ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ނަމަވެސް އެއީ ކޮންމެ މީހަކަށް ވެސް ކޮށްލެވިދާނެ ކަމެކެވެ. ޝްވެތާ ބުނި ގޮތުގައި އެގޮތުން އޭނާގެ ނިއުޓްރިޝަނިސްޓުގެ އެހީގައި ހުރިހާ ގަޑިއެއްގެ ކެއުން ބައްޓަން ކުރީ ވަރަށް ބެލެންސްކޮށެވެ.

ޝްވެތާ ވަނީ ދާދި ފަހުން އައިޓީއޭ 2020 ގެ ރަތް ކާޕެޓުން ފެނިގެން ގޮސްފައެވެ.

ޝްވެތާ އަށް މިހާރު ދެ ކުދިން ލިބިފައިވާއިރު، ފޭނުން އަބަދުވެސް އޭނާ ފާހަގަ ކުރަނީ ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ތަރިއެއްގެ ގޮތުގައެވެ.

ޝްވެތާގެ ދެމަފިރިންގެ ދިރިއުޅުމާއި، ދިރިއުޅުމުގައި ދިމާވާ އެހެނިހެން ކަންތައްތައް ދައްކުވައިދޭ މި ސީރީޒްގެ ޖުމްލަ 1432 އެޕިސޯޑްސް އާންމުންނާއި ހަމަޔަށް ގެނެސްދީފައިވާއިރު މިއީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޤްބޫލުވެގެން ދިޔަ ސީރީޒްއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!