ޚަބަރު

ވެލިދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ނ.ވެލިދޫން ފައްސިވެއްޖެއެވެ.

Ads by MWSC

ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު "ދެން"އާ ވާހަކަ ދައްކަވަމުން މިކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ޖައުފަރު ދެއްވާފައެއް ނުވެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ޙުސައިން "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެ މީހާ އަކީ 12 ފެބްރުވަރީގައި އެރަށަށް ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ނައްސި ނަތީޖާއަކާ އެކު އެރަަަށަށް ދިޔަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  އޭނާ ފައްސިވެފައި ވަނީ ކަރަންޓީނުގެ 10 ދުވަސް ހަމަވެ ނެގި ސާމްޕަލުންނެވެ.

މީގެ އިތުރުން، އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް އެމީހާ އެކަހެރިކޮށް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. ފައްސިވެފައިވާ މީހާގެ އިތުރު މައުލޫމާތެއް އަސްމާ ހިއްސާ ކޮށްފައެއް ނުވެއެވެ.

ފައްސިވީ މީހާއާއެކު ކަރަންޓީނުގައި ދެމީހުން ތިބި ކަމަށާއި އެ ދެމީހުންގެ ޓެސްޓު މިރޭ ހެދޭނެ ކަމަށް ވެސް އަސްމާ ވިދާޅުވިއެވެ. އަދި ފައްސިވީ މީހާއާ އިތުރު މީހަކާ ޑައިރެކްޓް ކޮންޓެކްޓް ނުވާ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވެސް އަސްމާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ރައީސާ*

    ރައީސާ ކިޔާނީ އަންހެނުންނަށް ނިސްބަތް ކޮށް، އެނގޭނެ ދޯ ދެން؟