ބޮލީވުޑް

ބައްޕަގެ މެޗު ބަލަން ތުއްތު ވަމިކާ ދަނޑަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީގެ މެޗެއް ބަލާލަން ، އޭނާގެ ތުއްތު ދަރިފުޅު ވަމިކާ ގޮވައިގެން އަނބިމީހާ ، އަނުޝްކާ ޝަރުމާ ދަނޑަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by STELCO

ވަމިކާ އުފަންވުމާއެކު ވިރާޓް ޗުއްޓީ ނެގި ނަމަވެސް މިހާރު ވަނީ އަލުން ކްރިކެޓް ޓީމާ ގުޅިފައެވެ. އެގޮތުން އިންގްލެންޑާ ދެކޮޅަށް އިންޑިއާއިން ނިކުތް މެޗް ބެލުމަށް އަނުޝްކާ ވަނީ ފްލައިޓެއް ޗާޓަރު ކޮށްގެން ގޮސްފައެވެ.

ގުޖުރާތުގެ މޮޓެރާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބަލަން އެއް މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން އަނުޝްކާ ދިޔަ ނަމަވެސް އޭނާ އުޅުނީ ކެމެރާތަކަށް ފިލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅު ވަމިކާގެ މޫނު މިހާތަނަށް އާންމުކޮށް ދައްކާލާފައެއް ނުވެއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު އަނުޝްކާ ވިހޭއިރު ދަރިފުޅަށް ނަން ކީ ކަން އިއުލާން ކުރަމުން އޭނާ ކުރި ޕޯސްޓުގައި ބުނީ އާ މެންބަރާއެކު މުޅި އާއިލާ ވެސް އުފަލުން ފޮޅިފައި ތިބި ކަމަށެވެ. އަނުޝްކާ އާ ވިރާޓަށް ދަރިއަކު ލިބެން އުޅޭކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނި ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އަނުޝްކާ އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނިކުތް ފިލްމް ޒީރޯ އިން ޝާހްރުކްޚާން އާއެކުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!